ވީމީޑިއާގެ މިފަހަރުގެ ރޯދަމަހުގެ ބޮޑު އިނާމުގައި ހައްޖު ދަތުރަކާއި 4 އުމްރާ ދަތުރުވެސް ހިމެނޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 24ސ
ވީމީޑިއާގެ މިފަހަރުގެ ރޯދަމަހުގެ ބޮޑު އިނާމުގައި ހައްޖު ދަތުރަކާއި 4 އުމްރާ ދަތުރުވެސް ހިމެނޭ!

ހައްޖު ދަތުރަކާއި 4 އުމްރާ ދަތުރު ހިމެނޭގޮތުން ގިނަ އިނާމު ތަކަކާއެކު ވީމީޑިއާގެ ރޯދަމަހުގެ ބޮޑު އިނާމު ތައާރަފުކޮށްފި އެވެ.

ވީމީޑިއާގެ ރޯދަ މަހުގެ ބޮޑު އިނާމުތަކުގެ ތެރޭގައި ހިމެނޭ މި އިނާމުތައް ލިބޭނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ރޯދަ މަހަށް ހާއްސަކޮށްގެން ވީޓީވީ އާއި ވީއެފްއެމުން ކުރިއަށް ގެންދާ ބައެއް ޕްރޮގްރާމުތަކުގައި އެސްއެމްއެސްކޮށްގެން ބައިވެރިވެ ގުރުއަތުން ހޮވޭ ފަރާތްތަކަށެވެ.

ވީމީޑިއާގެ ރޯދަ މަހުގެ ބޮޑު އިނާމުގެ ތެރޭގައި ހިމެނޭ އެންމެ ހާއްސަ އަދި އެންމެ އަގުބޮޑު އިނާމު ކަމުގައިވާ ހައްޖު ދަތުރު ހުށަހަޅާފައިވަނީ ހުޅުމާލޭގައި އެންމެ ޒަމާނީ ފެންވަރުގައި ތަރައްޤީކުރަމުންދާ ކޭޕާކު ރެސިޑެންސްގެ ފަރާތުންނެވެ. މިއީ ހަންބޯ މޯލްޑިވްސްގެ ފަރާތުން ތަރައްޤީކުރާ 110 އެޕާޓްމަންޓާއި ޒަމާނީ ވަޞީލަތްތައް ހިމެނޭ ޢިމާރާތެކެވެ.

ވީމީޑިއާގެ ރޯދަ މަހުގެ ބޮޑު އިނާމުގެ ތެރޭގައި ހިމެނޭ ހަތަރު އުމުރާ ދަތުރު ހުށަހަޅާފައިވަނީ ޓްރޭވް ހައްޖު އެންޑް އުމްރާ ގުރޫޕާއި، ދަރުމަ ލިލްޙައްޖި ވަލްއުމްރަތި ގުރޫޕާއި، އަލްސަފާ ގުރޫޕްގެ އިތުރުން އަލްހިޖުރަ އުމްރާ ގުރޫޕްގެ ފަރާތުންނެވެ.

ވީމީޑިއާގެ ރޯދަ މަހުގެ ބޮޑު އިނާމުގެ ތެރޭގައި ހިމެނޭ އެހެން އިނާމުތަކުގެ ތެރޭގައި ލިޓަސް އިން ހުށަހަޅާފައިވާ 55،500 ރުފިޔާގެ އަގުހުރި ޔަމަހާ ގްރޭންޑް ފިލާނޯ ސައިކަލަކާއި، މުނި ހޯމްކެއާއިން ހުށަހަޅާފައިވާ ބެޑްރޫމް ސެޓަކާއި، އިންޑިއާގެ ތަންދޫރީ ރެސްޓޯރަންޓް ޗެއިން މޮޓީމަހަލް ގެ ރާއްޖޭގެ އައުޓްލެޓުން ހުށަހަޅާފައިވާ 65 އިންޗީގެ ފަތި ޓީވީއަކާއި، ގްލޯރިއާ ޖީންސް ކޮފީސްގެ ފަރާތުން ހުށަހަޅާފައިވާ 65 އިންޗީގެ ފަތި ޓީވީއެއްގެ އިތުރުން ކޮމްޕިއުޓަ ޕްލަސް އިން ހުށަހަޅާފައިވާ ލެޕްޓޮޕާއި ޕްރިންޓަރ އަދި ހޯމް ތިއޭޓަރ ސައުންޑް ސިސްޓަމް ހިމެނޭ އިނާމު ޕެކޭޖެކެވެ.

ވީމީޑިއާ އިން ބުނީ ރޯދަ މަހުގެ ބޮޑު އިނާމުގެ ތެރޭގައި ހިމެނޭ އިނާމުތަކަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު ރޯދަަ މަސް ފެށުމާ އެކު ހުޅުވާލާނެ ކަމަށެވެ. އަދި މިއިނާމުތަކުގެ ގުރުއަތުނަގާ އިނާމު ޙަވާލުކުރުން ފިތުރުއީދު ބަންދުތެރޭގައި އޮންނާނެކަމަށްވެސް ވީމީޑިއާއިން ހާމަކޮށްފައި ވެއެވެ.

ރަމަޟާން މަހަށް ހާއްސަކޮށްގެން ވީޓީވީއާއި ވީއެފްއެމުން މިއަހަރުވެސް ފެންވަރު ރަނގަޅު އަދި ބެލުންތެރިން ޝައުގުވެރިވާ ތަފާތު ގިނަ ޕްރޮގްރާމުތަކެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން ވީމީޑިއާއިން ދެއެވެ. މީގެ ތެރޭގައި ދީނީ މުހިއްމު ޕްރޮގްރާޟްތަކާއި މައުލޫމާތާއި މުނިފޫހިފިލުވުމުގެ ވަރަށް ގިނަ އާ އުފެއްދުންތަކުގެ އިޝްތިހާރު ވީޓީވީން މިހާރުވެސް ދަނީ ފޮނުވަމުންނެވެ. 

 

ހަބަރު: ވީމީޑިއާ             

މިއަދު އޮންލައިން