މީހަކު ރަހީނު ކޮށްގެން ފައިސާތަކެއް ހޯދަން އުޅުނު ދެމީހުން ވެސް ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 34ސ
މީހަކު ރަހީނު ކޮށްގެން ފައިސާތަކެއް ހޯދަން އުޅުނު ދެމީހުން ވެސް ހައްޔަރު ކޮށްފި

ލ. ގަމުގައި އުމުރުން 44 އަހަރުގެ މީހަކު ރަހީނުކޮށް، އެމީހާ އަތުން އިތުރަަށް ފައިސާތަކެއް ފޭރިގަންނަން އުޅުނު ދެވަނަ މީހާ ވެސް ފުލުހުން ހައްޔަރު ކޮށްފިއެވެ. 

ފުރަތަމަ މީހާ ހައްޔަރު ކުރީ، މިމަހުގެ 2 ވަނަ ދުވަހު ރަހީނު ކޮށްފައިހުރި މީހާގެ އަތުން 8900 ރުފިޔާ ފޭރިގަތުމަށްފަހު، އޭނާ އަތުން އިތުރަށް ފައިސާ ހޯދުމަށް އުޅެނިކޮށް މިމަހުގެ 3 ވަނަ ދުވަހުގެ ރޭ 22:45 ހާއިރެވެ.

އެކަމުގައި ބައިވެރިވި ދެވަނަ މީހާ އެރޭ ފިލި ނަމަވެސް، މިރޭ 19:37 ހާއިރު އޭނާ ވެސް ވަނީ ހައްޔަރު ކޮށްފައެވެ. އެމީހާ ހައްޔަރު ކުރީ ލ.މާވަށުގައި ހުށްޓާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. 

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން