ބާޒާރުގަ ގިނަ އަދަދެއްގެ ކުނިވެފަހުރި ކުކުޅު ބިސް އެބަ ވިއްކާ! މޯބައިލް ފޯނުން އަލިކޮށް ބިހުގެ އެތެރެ ޗެކްކޮށްލާފަ ގަތުން ބުއްދިވެރި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
ބާޒާރުގަ ގިނަ އަދަދެއްގެ ކުނިވެފަހުރި ކުކުޅު ބިސް އެބަ ވިއްކާ! މޯބައިލް ފޯނުން އަލިކޮށް ބިހުގެ އެތެރެ ޗެކްކޮށްލާފަ ގަތުން ބުއްދިވެރި!

މިދުވަސްކޮޅު ބާޒާރުގައި ގިނަ އަދަދެއްގެ ކުނިވެފައިހުރި ކުކުޅު ބިސް ވިއްކާކަމުގެ ޝަކުވާތައް ދަނީ ލިބެމުންނެވެ. 

ބިސް ބައްލަވައިގަތުމުގެ ކުރިން މޯބައިލް ފޯނުން ބިހުގެ އެތެރެ ޗެކްކޮށްލާފައި ގަތުން ބުއްދިވެރިއެވެ. އެކަން ކުރާނެ ގޮތަކީ ފޯނުގަ އިންނަ ބައްތި ދިއްލާނީއެވެ. ދެން ދެ އިނގިލިން ބިސް ހިފަހައްޓާފައި ބިހަށް ތިރިން އަލިކޮށްލާށެވެ. ބިހުގެ އެތެރެ ފެންނާނެއެވެ. އެއްވެސް ނުބައި ކަމެއް ހުރި ނަމަ ފެންނާނެއެވެ. ރަތްކުލަ ނުވަތަ ކަޅު ކުލައިގެ އެއްވެސް ތަންކޮޅުއް ފެންނަނަމަ ބިސް އެވަނީ ކުނިވެފައެވެ. ގޮބޮޅި ގިރިފައިވާނަމަ އެކަންވެސް ފާހަގަކުރެވޭނެއެވެ. 

ބިސް ދެ އިނގިލިން ހިފަހައްޓަން އެންމެ ފަސޭހަވާނީ ބޮޑުވާ އިނގިއްޔާއި ޖެހިގެން އިންނަ އިނިގިއްޔާއި ދެއިނގިލިން ބިސް ވަށާލައިގެންނެވެ. 

ފޯނުން ނޫން ގޮތަކަށް އަލިކުރި ނަމަވެސް ފެންނާނެއެވެ. ބޭނުންވަނީ އެތެރެއަށް އަލި ފޮނުވުމެވެ. ފޯނުގެ ވާހަކަ މިފާހަގަކުރީ އެންމެންގެ އަތުގައި އަބަދު ފޯނު އޮންނާތީއެވެ.

 

މިއަދު އޮންލައިން