މާފުށި ޖަލުގައި ޤާއިމްކުރި ފެންޕްލާންޓުގެ ޚިދުމަތް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ފައްޓަވައިދެއްވައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ޙިއްޞާވާގޮތަށް އުފައްދަވާފައިވާ ޕްރިސް ވޯޓަރ ކުންފުނި މެދުވެރިކޮށް ޤައިދީންނަށް ސާފް ބޯފެން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ މިމަޝްރޫޢުގެ ދަށުން ފެނުގެ ޚިދުމަތް ދިނުމަށް ކުރާ ޚަރަދުން 24000 ރުފިޔާއަށް ކުޑަކުރެވޭނެކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިމަޝްރޫޢުގެ މަޤްޞަދަކީ ޤައިދީންނަށް ސާފް ބޯފެން ފޯރުކޮށްދިނުމާއި، ޖަލަށް ވެއްދޭ ޕްލާސްޓިކް ފުޅި މަދުކުރުމާއި އަދި ފެނަށް ކުރެވޭ ޚަރަދު ކުޑަކުރުން ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ސަރުކާރުން ޤައިދީންނަށް ފޯރުކޮށްދޭން ބޭނުންވާ ޚިދުމަތްތައް ވަރަށް ގިނަ ކަމަށާއި، ފެން ޕްލާންޓްގެ ސަބަބުން ޤައިދީންނަށް ސާފް ބޯފެން ފޯރުކޮށްދިނުމުގައި އެޅިގެން މިދިޔައީ ވަރަށް މުޙިއްމު ފިޔަވަޅެއްކަމަށެވެ.
މާފުށި ޖަލަށް ދުވާލަކަށް 9 ޓަނުގެ ފެން ބޭނުންވާއިރު ދުވާލަކު 84000 ރުފިޔާ ފެނަށް ޚަރަދުކުރަންޖެހެއެވެ.
އެހެންނަމަވެސް
އެގޮތުން ކުރިން ދުވާލަކު 84000
އެތައްތަނަކުން ކުޑަވާނެ ކަމަށެވެ.