ސަރުކާރުގެ ހުރިހާ ބޯޑަކުން ވިޔަފާރިވެރިޔާ ޖަނާހު އިސްތިއުފާ ދެއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
ސަރުކާރުގެ ހުރިހާ ބޯޑަކުން ވިޔަފާރިވެރިޔާ ޖަނާހު އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ހިމެނިވަޑައިގަންނަވާ ސަރުކާރުގެ ހުރިހާ ބޯޑަކުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ، ޖަނާ ވިދާޅުވެފައިވަނީ އިސްތިއުފާ ދެއްވީ އަމިއްލަ ވިޔަފާރިއަށް އިތުރަށް ސަމާލުކަން ދެއްވޭނެ ކަމަށެވެ.

ޖަނާ ހިމެނިވަޑައިގަންނަވާ ބޯޑުތަކުގެ ތެރޭގައި މަރުކަޒީ ބޭންކް، އެމްއެމްއޭގެ ބޯޑާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި މޯލްޑިވްސް ބިލްޑިން އެންޑް ކޮންސްޓްރަކްޝަން ބޯޑާއި އަދި މުސާރަ އާއި އުޖޫރައާބެހޭ ބޯޑުގައިވެސް ޖަނާ ހިމެނިވަޑައިގަންންވައެވެ.

 

 

މިއަދު އޮންލައިން