ރޯދަމަހު ޤައިދީންނަށް ލުއިކޮށް، ހެޔޮކޮށް ހިތުމުށް ހޯމް މިނިސްޓަރ އިލްޠިމާސްކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ރޯދަމަހު ޤައިދީންނަށް ލުއިކޮށް، ހެޔޮކޮށް ހިތުމުށް ހޯމް މިނިސްޓަރ އިލްޠިމާސްކުރައްވައިފި

ރޯދަމަހު ޤައިދީންނަށް ލުއިކޮށް، ހެޔޮކޮށް ހިތުމުށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ އިލްޠިމާސްކުރައްވައިފިއެވެ.

މިނިސްޓަރު ޢިމްރާން މިކަމަށް އިލްޠިމާސްކުރެއްވީ މާފުށި ޖަލުގައި މިއަދު ފެންޕްލާންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރު ޢިމްރާން ވިދާޅުވީ ޤައިދީންނަކީވެސް ހަމަ އަޅުގަނޑުމެންގެ ތެރެއިން ބައެއް ކަމަށާއި، އެމީހުންގެ ތެރެއިން ގިނަ މީހުންވެސް ތިބޭނީ ރޯދައަށް ކަމުން، ރަމަޟާންމަހަށްޓަކައި ވީހާވެސް އޯގާވެރިކަމާއި، ހަމްދަރުދީއާ ކުލުނާއެކުގައި މުއާމަލާތްކުރުމަށެވެ. 

މީގެއިތުރަށް އިމްރާން ވިދާޅުވީ، ގައިދީންނަށް ސާފު ބޯފެން ފޯރުކޮށްދޭން، ޖަލުގައި ބެހެއްޓި ފެން ޕްލާންޓްގެ ސަބަބުން ސާފު ބޯފެން ޔަގީން ކުރެވިގެން ދިއުމަކީ ބޯން އެކަށީގެންނުވާ ފެނުގެ ސަބަބުން ގައިދީންނަށް ކުރިމަތިވާ ސިއްހީ މައްސަލަތައް ވެސް ހައްލުވެގެންދާނެ ކަމަށެވެ.

މިއަދު އޮންލައިން