ރަމަޟާން މަސް ފެށުމާއިއެކު ޣާޒާއަށް މަތިންނާ ކަނޑުމަގުން ހަމަލާތައް އޮއްސަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ރަމަޟާން މަސް ފެށުމާއިއެކު ޣާޒާއަށް މަތިންނާ ކަނޑުމަގުން ހަމަލާތައް އޮއްސަން ފަށައިފި

ރަމަޟާން މަސް ފެށުމާއިއެކު ފަލަސްޠީނުގެ ޣާޒާއަށް މަތިންނާއި ކަނޑުމަގުން ހަމަލާތައް އޮއްސަން ފަށައިފި އެވެ. ކަނޑުމަގުން ގަން ބޯޓުތަކުގައި ހަމަލާތައް ދެމުން ގެންދާއިރު ވައިގެ މަގުން ރޮކެޓް ހަމަލާތައް ގެންދަނީ އޮއްސަމުންނެވެ. 

ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ދިން ހަމަލާތަކުގައި މިހާރުވެސް ވަނީ 19 މީހުން ޝަހީދުކޮށްލައި އެތައް ބައަކު ޒަޚަމްކޮށްލައިފައެވެ. މިފަހަރު ހަމަލާތައް ފަށާފައިވަނީ ޣާޒާ ފުނޑުފުނޑުކޮށްލަން ޔަހޫދީންގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަތަޔާންހޫ ނެރުނު ޚާއްޞަ އަމުރަކާއި ގުޅިގެންނެވެ. 

ހަމަލާތަކުގައި ވަނީ ހަމާސް ޖަމާއަތުގެ ކޮމާންޑަރެއް ކަމަސްވާ އުމުރުން 34 އަހަރުގެ ޙަމާދު އލް ޚޮދޮރީ ޝަހީދުކޮށްލައިފައެވެ. އިޒްރޭލުން ބުނަނީ ޙަމާދަކީ އީރާނުން ދޭ ފައިސާ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންނަށް ފޯރުކޮށްދޭ އެޖެންޓެއް ކަމަށެވެ. ހަމާސް ޖަމާއަތުގެ އިސް މީހުންނާއި ޢާންމުން ޝަހީދު ކުރުމަސްފަހު މިފަދަ އިލްޒާމްތައް އެޅުވުމަކީ އިޒްރޭލުން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. 

ޔަހޫދީންގެ ޙަމަލާތައް ބޮޑަށް އަމާޒުކޮށްފައިވަނީ މީހުން ދިރިއުޅޭ ގެތަކަށެވެ. ރައްދުގައި ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިޒްރޭލުގެ 4 މީހަކު ވަނީ މަރައިލެވިފައެވެ.

މިއަދު އޮންލައިން