ހުލުމާލެއިން ބަހެއްގެ ދަށުވެ ޔޫކްރައިން އަންހެނެއް މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 38ސ
ހުލުމާލެއިން ބަހެއްގެ ދަށުވެ ޔޫކްރައިން އަންހެނެއް މަރުވެއްޖެ

އެމްޓީސީސީ ބަހެއް އެކްސިޑެންޓް ވެ މީހަކު މަރުވެއްޖެއެވެ. 

މިއަދު ހެނދުނު 6:37 ހާއިރު ހުލުމާލެ ފިތުރޯން މަގުގެ އެފްއެސްއެމް ފިއުލް 

ސަޕްލައި ކައިރިން ބަސް އެކްސިޑެންޓް ވި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. '

އަދި މި އެކްސިޑެންޓްގައި ޔޫކްރައިން އަންހެނެއް މަރުވެފަވެއެވެ. 

ބަސް ގޮސް ފިތުރޯން މަގުން ހިނގާފައި ދިޔަ ޔޫކްރައިން އަންހެން މީހާގައިގަ ޖެހި އެމީހާ ބަސް ދަށުވެގެންނެެވެ.

މި ހާދިސާ ހިނގީ ބަސް ޑްރައިވަރަށް ނިދިގެން ކަމަށް ފުލުހުން ބުޏެވެ. 

އަދި ބަސް ޑްރައިވަރު އަކީ ލައިސަންސް އޮތް ދިވެހި ފިރިހެނެއް ކަމަށާ މިހާރު މި މީހާ ހުރީ ފުލުހުން ގެ ބެލުމުގެ ދަށުގަ ކަމަށް ފުލުހުން ބުންޏެވެ.

މިއަދު އޮންލައިން