މާލޭގައި ހުރި އޮފީހެއްގެ ތިޖޫރީއެއް ފަޅާލައި ދެ ލައްކައަަށްވުރެ ގިނަ ފައިސާ ވަގަށް ނަގައިފި

ކިޔުމަށް ހޭދަވާނީ 44ސ
މާލޭގައި ހުރި އޮފީހެއްގެ ތިޖޫރީއެއް ފަޅާލައި ދެ ލައްކައަަށްވުރެ ގިނަ ފައިސާ ވަގަށް ނަގައިފި

ލޮނުޒިޔާރަތް މަގުގައި ހުންނަ އިންޓަރނޭޝަނަލް ފުޑް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑް އޮފީހުގެ ތިޖޫރީ ފަޅާލައި ދެ ލައްކައަށް ވުރެ ގިނަ ފައިސާ ވަގަށް ނަގައިފިއެވެ. 

އެއޮފީހުގެ ތިޖޫރީއާއި، އޮފީހުގައި ހުރި ވަތްގަނޑުތައް ހިމެނޭހެން ޖުމްލަ ދުއިސައްތަ ތިރީސް ހަތަރުހާސް ނުވަ ސަތޭކަ ތޭވީސް (234،923) ރުފިޔާ ވަގަށް ނަގާފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވާފައިވެއެވެ. 

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 8:42 އެހާކަށްހާއިރު ކަމަށެވެ. 

އިންޓަރނޭޝަނަލް ފުޑް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑަކީ ކާބޯތަކެތީގެ ސަޕްލައިކުރާ ކުންފުންޏެކެވެ. 

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހެނދުނުގެ ވަގުތަކީ ރޯދަމަހު އެންމެ ގިނައިން ވައްކަން ކުރާ ވަގުތެވެ. ފުލުހުން ވިދާޅުވީ ހެނދުނުގެ ވަގުތުތަކުގައި އެފަދަ ޢަމަލެއް ބަޔަކު މީހުން ކޮށްފާނެ ކަމަށް ޢާއްމު ރައްޔިތުންވެސް ސަމާލުވެ ތިބުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

މިއަދު އޮންލައިން