ޅައިމަގުން ގެއްލުނު ބަންގަލަދޭޝް މީހާގެ ހަށިގަނޑުގެ ބައިތަކެއް ކަނޑުއަޑިން ފެނިއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
ޅައިމަގުން ގެއްލުނު ބަންގަލަދޭޝް މީހާގެ ހަށިގަނޑުގެ ބައިތަކެއް ކަނޑުއަޑިން ފެނިއްޖެ!

ޅައިމަގުގެ މާލެ ދަތުރުކުރާ "ކުރިމަގު 1" ބޯޓުގައި ފަޅުވެރިއަކަށް އުޅެނިކޮށް "ގެއްލުނު" ބަންގަލަދޭޝްގެ ލުތުފަރުގެ ހަށިގަނޑުގެ ބައެއް ބައިތައް ކަނޑުގެ އަޑީން ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

މިމައްސަލައިގެ ތަހުގީގުން ހޯދި މައުލޫމާތެއް ހިއްސާ ކުރަމުން ފުލުހުން ބުނީ ގެއްލިގެން އުޅުނު މީހާ އޮތް ކަމަށް ބެލެވޭ ކަނޑުގެ ސަރަހައްދަށް ފުލުހުން ޑައިވްކޮށްގެން ބަލާފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ އިންސާނެއްގެ ބައިތަކެއް ފެނިފައިވާ ކަމަށެވެ. 

މިކަމާބެހެޔ ގޮތުން އިތުރު ތަފްސީލެއް ފުލުހުން ދީފައެއްނުވެއެވެ. 

މައުލޫމާތު ލިބިފައިވާގޮތުގައި ހަށިގަނޑުގެ ބައިތަކެއް ފެނިފައި ވަނީ ޅައިމަގު ބަނދަރުގެ ބޭރު ތޮށި ކައިރިން އުރަފަށުންނެވެ.

ކުރިމަގު 1 ކައްޕި އަލީ ޝަރީފު ބުނެފައިވަނީ ލުތުފަރު ގެއްލުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުކަމަށާއި ލުތުފަރު ގެއްލުނުކަން އެނގުނީ ބޯޓު މާލެ ފުރަން ބެލި އިރު އޭނާ އެ ބޯޓުގައި ނެތުމުން ކަމަށެވެ.

ލުތުފަތު ގެއްލުނު މައްސަލާގައި ފުލުހުން ވަނީ ބަންގްލަދޭޝް ދެފިރިހެނުން ހައްޔަރުކޮށްފައެވެ. 

މިއަދު އޮންލައިން