އަށާރަ ކިލޯމީޓަރުގެ ރާސްތާއަކަށް ފެތުމަށްފަހު، އާތީ އާއި އަންވަރު "ކްރޮސިންގ އައްޑޫ" ފެތުން ނިންމާލައިފި

ކިޔުމަށް ހޭދަވާނީ 52ސ
އަށާރަ ކިލޯމީޓަރުގެ ރާސްތާއަކަށް ފެތުމަށްފަހު، އާތީ އާއި އަންވަރު "ކްރޮސިންގ އައްޑޫ" ފެތުން ނިންމާލައިފި

18 ކިލޯމީޓަރު ރާސްތާއަކަށް ފެތުމަށްފަހު، އަޙްމަދު އާތިފް (އާތީ) އާއި އަންވަރު ޙުސައިން "ކްރޮސިންގ އައްޑޫ" ފެތުން ނިންމާލައިފިއެވެ.

ޑިސްކަވަރ އައްޑޫގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި މި ފެތުން ފަށާފައިވަނީ އައްޑޫސިޓީގެ މީދޫން ފެށިގެން އައްޑޫގެ އެތެރެވަރިން ކަނޑު ހުރަސްކޮށް ހިތަދޫ އާއި ހަމައަށެވެ.  

"ކްރޮސިންގ އައްޑޫ"ގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ފެތުމުގައި އާތިފާއި އަންވަރު ވަނީ ކަނޑުމަތީގައި ނުވަގަޑިއިރު ވަންދެން ފަތާފައެވެ.

މި ދެ މީހުން ފެތިއިރު އައްޑޫސިޓީގެ މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް ޑިސްކަވަރ އައްޑޫއިން ބުނި އިރު، މިތާރީޚީ ފެތުމުގު ހަރަކާތުގައި 30 މީހުން ބައިވެރިވިއެވެ. އެހެންނަމަވެސް 18 ކިލޯމީޓަރަށް ފެތުން ފުރިހަމަ ކުރީ އާތިފާއި އަންވަރު އެކަންޏެވެ.

މިހަރަކާތް ފެށުމާއި ނިންމުމުގައިވެސް އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ  ސާދިގާއި ލައިފްގާޑް އެސޯސިއޭޝަނާއި ސްވިމް އައްޑޫގެ ފެތުންތެރިން ބައިވެރިވިއެވެ.

 
މިއަދު އޮންލައިން