ވަޅިން ބިރު ދައްކައި ބިދޭސީއެއްގެ އަތުން ފޭރެން އުޅުނު މީހަކަށް ހަމަލަދީ ޒަހަމްކޮށްލައިފިއެވެ.
މިކަމާއިގުޅިގެން ފުލުހުން ބުނެފައިވަނީ ވަޅިން ބިރު ދައްކައި ފައިސާ ފޭރެން އުޅުނީ 27 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
ޝަހީދު އަލީ ހިނގުމާއި ފުލޫނިޔާ މަގާ ގުޅޭ ކަންމަތީގައި ހިނގި މިހާދިސާގައި ފޭރެންއުޅު މީހާއަށް އެ ސަރަހައްދުގައި ތިބި ބަޔަކު ހަމަލާދީ ޒަހަމްކޮށްލުމުން ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާދީފައެވެ. ނަމަވެސް އޭނާ އަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.