ރަމަޟާން މަހަށް ކުދި ވަގުން މަރުޙަބާ ކީ ދެލައްކައަށްވުރެ ގިނަ ރުފިޔާގެ ވައްކަމަކުން! ސަމާލުކަން އިތުރުކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ރަމަޟާން މަހަށް ކުދި ވަގުން މަރުޙަބާ ކީ ދެލައްކައަށްވުރެ ގިނަ ރުފިޔާގެ ވައްކަމަކުން! ސަމާލުކަން އިތުރުކުރޭ!

ރަމަޟާން މަހަށް ކުދި ވަގުން މަރުޙަބާ ކީ ދެލައްކައަށްވުރެ ގިނަ ރުފިޔާގެ ވައްކަމަކުންނެވެ. 

މި ދުވަސްކޮޅަކީ ވައްކަން ތިޔާގި މޫސުމަކަށްވާތީ ފުލުހުން ވަނީ ގެތަކާއި އޮފީސްތައް ރަނގަޅަށް ތަޅުލާފައި ބެހެއްޓުމަށް ނަޞޭޙަތްތެރިވެފައެވެ. ފުލުހުން އިއްޔެ ބުނެފައިވަނީ ގިނަ ވައްކަންތައް އިތުރުވަނީ ގެތައް ހުޅުވާލާފައި ބެހެއްޓޭތީ ކަމަށާއި ދޮރުތައް ތަޅުލާފައި ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ. 

ވައްކަން މިވަރަށް އިތުރުވެފައިވާއިރު މަގުމަތިން ފޭރުން ވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ. 

ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނު އިންޓަރނޭޝަނަލް ފުޑް ސަޕްލައިގެ އޮފީސްފަޅާލައިގެން ބައަކު ވަދެ އެތަނުގެ ތިޖޫރީގައި ހުރި 234923 ރުފިޔާ އާއި ވަތްގަނޑުގައި ހުރި ފައިސާވެސް ވަގަށް ނަގާފައިވާ ކަމަށެވެ. އެހެންކަމުން މުދަލާއި ފައިސާގެ ސަލާމަތަށްޓަކައި ކުރަންޖެހޭ ކަންކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ. 

މިއަދު އޮންލައިން