ލިލީ ގްރޫޕުން އެތެރެކޮށް ވިއްކާ އެއްވެސް ބާވަތެއްގެ އަގު ރަމަޟާން މަހު ބޮޑެއް ނުކުރާނަން: ނާޞިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ލިލީ ގްރޫޕުން އެތެރެކޮށް ވިއްކާ އެއްވެސް ބާވަތެއްގެ އަގު ރަމަޟާން މަހު ބޮޑެއް ނުކުރާނަން: ނާޞިރު

ލިލީ ގްރޫޕުން އެތެރެކޮށް ވިއްކާ އެއްވެސް ބާވަތެއްގެ އަގު ރަމަޟާން މަހު ބޮޑު ނުކުރާނެކަމަށް ކާބޯތަކެއްޗާއި އެހެންވެސް ގިނަ ބާވަތްތަކުގެ މުދާ އެންމެ ގިނައިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން ގެންދާ ލިލީ ގްރޫޕުގެ ޗެއާމަން އަހްމަދު ނާޞިރު (މައްލާ ނާޞިރު) ވިދާޅުވެއްޖެއެވެ.  

މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޞިރު ވިދާޅުވީ ލިލީ ގްރޫޕުން އައްޑޫ ސިޓީގައިވެސް މުދައު ވިއްކަނީ ހަމައެކަނި އުފުލުމުގެ އަގު (ނާލު) އިތުރުކޮށްގެން ކަމަށާއި އެހެންކަމުން މާލެ ޢާއި ދާދި އެއްއަގެއްގައި ހުރިހާ ބާވަތެއް އައްޑޫ ސިޓީގައި ވެސް ލިބެން ހުންނާނެ ކަމަށެވެ.  

"ބާޒާރުން ބާވަތެއް ވަރަށް ބޮޑަށް ހުސްވެ ޑިމާންޑު ބޮޑުވެއްޖެ ނަމަ އަގު ކޮންޓްރޯލު ކުރުމަށްޓަކައި ގެންނަން ޖެހޭ ކުޑަ ބަދަލެއް ފަހަރެއްގައި ގެންނަން ޖެހިދާނެ. ނަމަވެސް ރަމަޟާން މަހު އެއްވެސް ބާވަތެއްގެ އަގު، ޚާއްޞަކޮށް ކެއުން ބުއިމަށް ބޭނުން ކުރާ އެއްވެސް ބާވަތެއްގެ އަގު ބޮޑުކުރުމަކީ ލިލީ ސްޓޯރުން އެއްވެސް އަހަރަކު ކުރާ ކަމެއް ނޫން."  

ބަރަކާތްތެރި ރަމަޟާން މަހާއި ގުޅިގެން މަރުޙަބާ ވިދާޅުވެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޢާންމު ކުރެއްވި ޚިޠާބުގައި މުދަލުގެ އަގު ބޮޑު ނުކުރަން އިލްތިމާސްކުރައްވައި އެކަމަށް ވިޔަފާރިވެރިންގެ ކިބައިން އެދިވަޑައިގެންފައިވާކަން ފާހަގަ ކުރައްވައި އަހްމަދު ނާޞިރު ވިދާޅުވީ މުދަލުގެ އަގު ރަމަޟާން މަހު ބޮޑު ނުކުރުމަށް މިއަހަރު ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ އިލްތިމާސް ކުރައްވާފައި ކަމަށާއި އެމަނިކުފާނު ކުރެއްވި އިލްތިމާސަށް ލިލީ ގްރޫޕުން ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށެވެ.  

މިއީ ރަމަޟާން މަހަކާއި ގުޅިގެން ރާއްޖޭގެ އެންމެ އިސްވެރިއަކު ކުރެއްވި މިފަދަ ފުރަތަމަ އިލްތިމާސްކަން ވެސް ނާޞިރު ވަނީ ފާހަގަކުރައްވައިފައެވެ. 

މިއަދު އޮންލައިން