މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އީރާނުގެ ބޯޓެއް އަތުލައިގެންފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އީރާނުގެ ބޯޓެއް އަތުލައިގެންފި!

މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އީރާނުގެ ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފިއެވެ.

މިބޯޓް އަތުލައިގަތީ ދިވެހި ސިފައިންނާއި ދިވެހި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

މިބޯޓު މާލެ ސަރަަހައްދަށް ގެނެސް ބަލައި ފާސްކުރުމަށް ދާއިރު މިބޯޓުން ހަތް މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރު ސަރަހައްދުން ކޯސްޓް ގާޑުން ހިފެހެއްޓި މި ބޯޓަކީ މި ސަރަހައްދުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރާ ބޯޓެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.  

 

މިއަދު އޮންލައިން