މއ. ކާމިނީގޭގައި ލޯކަލް މާރުކޭޓެއް ހުޅުވައިފިއެވެ. ރޯދައަށް ހުޅުވި މި މާރުކޭޓުގެ ގޮޅިތަކުން ރާއްޖޭގެ އުފެއްދުންތަކުގެ އިތުރުން ގިނަ އަދަދެއްގެ މޭވާ އާއި ތަރުކާރީގެ ބާވަތްތައްވެސް ގެންދަނީ ވިއްކަމުންނެވެ.
ކަރާކިލޯއެއްގެ އަގު ހުރީ 35 ރުފިޔާއަށެވެ. ކުއްޅަފިލާ ފަތް ބޮނޑިއެއް 20 ރުފިޔާއަށެވެ. ގިތެޔޮ މިރުހުގެ އަގު ބުނީ 100 ރުފިޔާއަށް 100 ގްރާމް ކަމަށެވެ. އެއީ ކިލޯއެއް 1000 ރުފިޔާއަށެވެ. ބައެއް ގޮޅިތަކުން ކުރުނބާ ކަނޑައިގެންވެސް ވިއްކައެވެ. މިރޭ ކުރުނބާއެއްގެ އަގު ހުރީ 30 ރުފިޔާއަށެވެ.