ރޯދަ ހިފުމުން ލިބޭ ޞިއްހީ ފައިދާތަކުގެ ބޭނުމުގަ މުސްލިމުން ނޫން ބައެއް މީހުންވެސް ރޯދަ ހިފަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ރޯދަ ހިފުމުން ލިބޭ ޞިއްހީ ފައިދާތަކުގެ ބޭނުމުގަ މުސްލިމުން ނޫން ބައެއް މީހުންވެސް ރޯދަ ހިފަނީ!

ރޯދަ ހިފުމުގެ ޞިއްހީ ފައިދާ ބޮޑަށް އިޙްޞާޞް ކުރެވެނީ އަލަށް އިސްލާމްވެ ރޯދަ ހިފަން ފަށާ މީހުންނަށެވެ. އެއީ އެމީހުންގެ ހަށިގަނޑަށް އަންނަ ބަދަލުތައް އެނގިގެންދާތީއެވެ. މިކަމުގެ ސަބަބުން މުސްލިމުން ނޫން ބައެއް މީހުންވެސް މިހާރު ގެންދަނީ މުސްލިމުންނާއި އެއްފަދައިން ރޯދަ ހިފަމުނެވެ. އެފަދަ ގިނަ ބައަކު ރޯދަ ހިފަނީ ސައިންސްވެރިންގެ ރިޕޯޓްތަކަށް ބަލައިގެންނެވެ. އެފަދަ ރިޕޯޓްތައް ނެރެފައިވަނީ މުސްލިމް ސައިންސްވެރިންނެއްވެސް ނޫނެވެ. 

ރޯދަ ހިފުމުން އިންސާނާގެ ޞިއްހަތަސް ލިބޭ ފައިދާތައް ޑޮކްތަރުން މިހާރު ގެންދަނީ ބަޔާން ކުރަމުންނެވެ. ބައެއް ހޯދުންތަކުން އެނގިފައިވާ ގޮތުގައި ޜޯދަ ހިފުމަކީ ކޮލޮސްޓްރޯލް ދަސްވެ ހިތުގެ ބަލިތަކުން ސަލާމަތްކޮށްދޭ ކަމެކެވެ. ފަލަވެ ބަނޑުލުމައި ނަފްސާނީ ބަލިތަކުންވެސްމެއެވެ. 

ހަމަ އެއާއިއެކު ރޯދަ ހިފުމަކީ ހަޖަމްކުރުމުގެ ބާރު އިތުރުވެ ހަށިގަނޑުގައި ހުންނަ ވިހަތައް ބޭރުވެގެންދާ ކަމެކެވެ. ހަމަ އެއާއިއެކު ހަށިގަނޑުން ހަލާކުވެފައިވާ ސެލްތައް ބޭރުވެ އައު ސެލްތައް ލުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

 

 

މިއަދު އޮންލައިން