ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ އައިޓިކަން ސްޕެންސްގެ އަދާރަން ގްރޫޕުގެ އިސްވެރިންނާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ބައްދަލުކޮށްފިއެވެ.
އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމަކީ އަދާރަން ގްރޫޕުން އެދިގެން ބޭއްވި ބައްދަލުވުމެއް ކަމަށް އެންސީޓީސީން ވަނީ ބުނެފައެވެ.
އެންސީޓީސީ އިން ބުނެފައިވަނީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ރައްކައުތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
ސްރީލަންކާގައި ވަނީ ދާދިފަހުން ބޮމުގެ ހަމަލާތަކެއް ދީފައެވެ.