ދައުލަތުގެ ބަޖެޓުން ޕީޕީއެމްއަށް ދޭންޖެހޭ 18 މިލިއަން ރުފިޔާގެ ތެރެއިން ދޫނުކޮށް ހިފަހައްޓާފައި ހުރި 8.6 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީއިން އެޕާޓީއަށް ދޫކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިފައިސާ ފީނޭންސުން ނުދީ ހިފަހެއްޓީ ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ޕީޕީއެމްގެ ދަތުރުތަކަށް އެކަނި އައިލެންޑް އޭވިއޭޝަންއަށް 3.8 މިލިއަން ރުފިޔާ ދައްކަން ވަނީ ޖެހިފައެވެ. އަދި ދަރަނިތަށް ބޮޑުވެ، ބިލްތައް ނުދައްކައިގެން އެ ޕާޓީގެ ރަސްމީ ފޯނު ލައިންތައް ވެސް ވަނީ ކަނޑާލައިފައެވެ.
ޕީޕީއެމް އިން ބުނެފައިވަނީ ފައިސާ ޖަމާ ކުރަން އެމްއެމްއޭއަށް ފޮނުވިކަން އަންގައި މި މަހުގެ ދެވަނަ ދުވަހު ފިނޭންސްއިން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ކަނޑައަޅާ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭންޖެހޭނެ ކަމަށެވެ.