މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އީރާނުގެ ބޯޓުން 50 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ މިއަދަދު އަދި އިތުރުވެދާނެ ކަމަށް ބެލެވޭކަމަށާއި އަދިވެސް އަންނަނީ ބޯޓު ބަލައި ފާސްކުރަމުންކަމަށެވެ.
މިބޯޓު މާލެ ގެންނަނިކޮށް މިއަދު ވަނީ، ކ. ވިލިނގިލީ ކައިރީގައި އޮންނަ ފަރަކަށް އަރައިފައެވެ.
މި މައްސަލައާ ގުޅިގެން ބޯޓުގެ ހަތް ފަޅުވެރިން ހައްޔަރުކޮށްފައިވާއިރު މިއަދު ވަނީ އެ މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައެވެ.
މިބޯޓު އަތުލައިގަތީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައެވެ.