މީހަކު ރަހީނުކޮށް ފޭރުނު މައްސަލައެއްގައި އަނެއްކާވެސް ފަޒީލް ހައްޔަރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
މީހަކު ރަހީނުކޮށް ފޭރުނު މައްސަލައެއްގައި އަނެއްކާވެސް ފަޒީލް ހައްޔަރުކޮށްފި

ލ. ގަމުގައި މީހަކު ރަހީނުކޮށް ފޭރެން އުޅުނު މައްސަލައިގައި އަނެއްކާވެސް މުހައްމަދު ފަޒީލް ހައްޔަރުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފަޒީލް ރަހީނުކޮށްފައިވަނީ 44 އަހަރުގެ މީހެއް ކަމަށާއި އޭނާ ރަހީނުކުރުމަށްފަހު 8،900 ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިމައްސަލައިގެ ތުހުމަތުގައި ފަޒީލް ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި ފިލައިގެން އުޅެނިކޮށް ރޭގެ ވަގުތެއްގައެވެ. 

މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ލ. ކައްދޫ އިން އެ އަތޮޅު މާމެންދޫ އަށް ފަޒީލް އާއިއެކު ދަތުރުކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައި އެއިން ދަތުރުކުރި ޝިމާ ނާފިޒު ގެއްލުނު ހާދިސާއަށްފަހު ފަޒީލް ވަނީ ޝިމާގެ 16 އަހަރުގެ އަންހެން ކޮއްކޮ ގޮވައިގެން ވެސް ޑިންގީއެއްގައި ފިލަން މަސައްކަތްކޮށްފައެވެ. އެފަހަރު ވެސް ފުލުހުން ވަނީ ފަޒީލް ހައްޔަރުކޮށްފައެވެ.

 

މިއަދު އޮންލައިން