ކަރާގެ އަގު ހެޔޮ ވެއްޖެ ނަމަ ވަރަށް ބޮޑުތަން ހަމަޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ކަރާގެ އަގު ހެޔޮ ވެއްޖެ ނަމަ ވަރަށް ބޮޑުތަން ހަމަޖެހޭނެ!

މިފަހަރުގެ އަގުތަކަށް ބަލާއިރު ކަރާގެ އަގު އަދިވެސް 35، 40 ގައި ހުރުމުން ގިނަ ބައަކު ބުނަނީ އެއީ އުންމީދުކުރި އަގަށްވުރެ ބޮޑު އަގެއް ކަމަށެވެ. އަދި ކަރާގެ އަގު ހެޔޮ ވެއްޖެ ނަމަ ވަރަށް ބޮޑުތަން ހަަމ ޖެހޭނެ ކަމަށެވެ.

"ރަމަޟާން މަސް ފެށެން ދާދި ކައިރިވެފައި ވަނިކޮށް 20 ރުފިޔާއަށްވުރެ ބޮޑު ނުވާނެ ކަމަށް ޚަބަރުތައް ފެތުރުމުން ތިބީ ވަރަށް އުފަލުން. ނަމަވެސް އެއިރު ބުނި އަގުގެ ދެ ގުނައަށް މިވަނީ އުފުލިފަ. ދެކިލޯ ބައިގެ ކަރައަކަށް 100 ރުފިޔާ ޚަރަދުކުރަން ޖެހުނީމާ އެ ދެން އަތް ފޯރާ ފަށަށްވުރެ މަތިވަނީ."

ލިބެމުންދާ މައުލުމާތަށް ބަލާއިރު އައްޑޫސިޓީގައި ކަރާ ކިލޯއެއްގެ އަގު މިއަދު ހުރީ ކިލޯއެއް 30 ރުފިޔާއަށެވެ. ނަމަވެސް މާލޭގައި އަގު ހުރީ 35 ރުފިޔާއިން މަތީގައެވެ.

މިއަދު އޮންލައިން