މަޝްހޫރު ކަނޑޫދޫ މިރުހުގެ މީރުކަމާ ކުޅިކަން ދަށަށް ޖެހި 70 ރުފިޔާއަށް 100 ގްރާމަށް ތިރިވެއްޖެއެވެ. އެއީ ކިލޯއެއް 700 ރުފިޔާއަށެވެ. 700 ރުފިޔާއަށް ތިރި މިވީ 1300 ރުފިޔާއަށް އެރުމަސްފަހުގައެވެ.
ކަމިނީގޭ ލޯކަލް މާރުކޭޓުގެ ބައެއް ގޮޅިތަކުގައި ދިވެހި ގިތެޔޮ މިރުސް ރޭ ވެސް 40 ރުފިޔާއަށް 100 ގަރާމް ވިއްކިއެވެ. ކިލޯ ނަގާނަމަ އަގު ހެޔޮކޮށްދޭނެ ކަމަސްވެސް ބުންޏެވެ.
"ކަނޑޫދޫ މިރުހުގެ އަގު އުފުލުމަކީ އެއްވެސް މައްސަލައެއް ނޫން. ބޭނުންވަނީ ކުޅިކުރަން. އެއީ ވަކި ރަށެއްގެ މިރުހުން ކުރެވޭ ކަމެއް ނޫން! ކޮންމެހެން ކަނޑޫދޫ މިރުހެއް ނޫން! ތަންކޮޅެއް ކުރިން ދިއަ ހޯނޑެއްދޫ މިރުސް ނޫނީ ކަމުނުދިއަ ދުވަސްވަރެއް! މިހާރު ހޯނޑެއްދޫ މިރުސް ބޭނުންވެގެން ވާހަކަ ދައްކާ އަޑެއް ނީވޭ. ބައެއް ފަހަރު މާރުކޭޓު ގޮޅިތަކުގަ ތިބޭ މީހުން މިރުސް އިޝްތިހާރުކުރަންވީމާ މިއީ ހޯނޑޭއްދޫ މިރުސް ކަމަށް ކިޔައި އުޅޭ!"