ލ. ގަމުގައި މީހަކު ރަހީނުކޮށް ފޭރެނު މައްސަލައިގައި ހައްޔަރުކުރި މުހައްމަދު ފަޒީލްގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަަހައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފަޒީލް ރަހީނުކޮށްފައިވަނީ 44 އަހަރުގެ މީހެއް ކަމަށާއި އޭނާ ރަހީނުކުރުމަށްފަހު 8،900 ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލައިގެ ތުހުމަތުގައި ފަޒީލް ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި ފިލައިގެން އުޅެނިކޮށް ރޭގެ ވަގުތެއްގައެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ލ. ކައްދޫ އިން އެ އަތޮޅު މާމެންދޫ އަށް ފަޒީލް އާއިއެކު ދަތުރުކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައި އެއިން ދަތުރުކުރި ޝިމާ ނާފިޒު ގެއްލުނު ހާދިސާއަށްފަހު ފަޒީލް ވަނީ ޝިމާގެ 16 އަހަރުގެ އަންހެން ކޮއްކޮ ގޮވައިގެން ވެސް ޑިންގީއެއްގައި ފިލަން މަސައްކަތްކޮށްފައެވެ. އެފަހަރު ވެސް ފުލުހުން ވަނީ ފަޒީލް ހައްޔަރުކޮށްފައެވެ.