"ސެއިންޓް ފެލިސިއޭން" އާއި "ސެއިންޓް މާސެލައިން" ބްރޭންޑުގެ ޗީޒު ރާއްޖޭގައި ވިއްކުން މަނާ ކޮށްފިއެވެ.
ޗީޒު ރާއްޖޭގައި ވިއްކުން މަނާކުރީ މި ޗީޒް ތަކުގެ ސަބަބުން ޖަރާސީމުން ތަޣައްޔަރު ވުމުގެ ފުރުސަތު އޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް އަދި ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮ ފުޑް އެންޑް ފީޑް، އިން ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގާފައިވާތީ ކަމަށެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވަނީ މި ބްރޭންޑުގެ އުފެއްދުންތައް ބާޒާރުން ނެގުމުގެ މަަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި މި ދެ ބާވަތުގެ ޗީޒް ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މަނާ ކަމެއް ކަމަށެވެ.
މި ބްރޭންޑުގެ އުފެއްދުންތައް ފިހާރަތަކުގައި ވިއްކަން ހުރިކަން ފާހަގަ ކުރެވިއްޖެނަމަ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނަމްބަރު 3014361 އަށް ގުޅައި ހިއްސާކުރުމަށް ވެސް އެއޮތީރިޓީން ވަނީ އެދިފައެވެ.