ކ. އޮޅުވެލި ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީންތަކެއް، މުސާރަ ނުދީގެން އެރިސޯޓުގައި ހަޅުތާލު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އޮޅުވެލި ރިސޯޓުގައި ތާރޑް ޕާޓީގެ ކޮންޓްރެކްޓްގައި މަސައްކަތް ކުރަމުންދާ ބިދޭސީންތަކެއް (ބަންގާޅުންތަކެއް)، މުސާރަ ނުދީގެން ހިތްހަމަ ނުުޖެހިގެން އެރިސޯޓުގައި މިރޭ 19:18 ހާއިރު ހަޅުތާލު ހިންގަން ފަށާފައިވާ ކަމަށެވެ.
މިހަޅުތާލުގައި ގާތްގަނޑަކަށް 50 ވަރަކަށް ބިދޭސީން ހަރަކާތްތެރިވެފައިވާއިރު، ދަނޑިބުރިއާއި ލަކުނޑިބުރިފަދަ ތަކެތި ހިފައިގެން އެމީހުން މަސައްކަތް ކުރަމުންދަނީ ގެސްޓް އޭރިއާ އަށް އެރުމަށް ކަމަށް ވެސް އޮފިޝަލު މައުލޫމާތު ދެއްވާފައިވެއެވެ.
މިމައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.