ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވިލިމާލޭ ޕްރީސްކޫލުގެ ހުރިހާ ދަރިވަރުންނަށް އެކުދިން ދިރިއުޅޭ ގޭގެއަށް ގޮސް ހަދިޔާ ބަހައިފިއެވެ.
މިއަދުނޫހަށް މައުލޫމާތު ލިބުނު ގޮތުގައި މިހަރަކާތަކީ ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިް ގުޅިގެން ހިންގި ހަރަކާތެކެވެ. އަދި މިހަރަކާތުގައި ކުދިންނަށް ހަދިޔާ ބަހާފައިވަނީ ކުދިން ދިރިއުޅޭ ގޭގެއަށް ގޮސް ކަމަށްވުމުން މިހަރަކާތް ވެގެންދިއައީ ވަރަށް ބޮޑު ތަރްޙީބެއް ލިބުނު ޙަރަކާތަކަށެވެ.
ބެލެބނިވެރިއަކު ބުނީ ހަދިޔާ ބެހީ މިއަދަކީ ކުޑަކުދިންގެ ދުވަހުގެ އިތުރުން ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަސް ކަމަށްވެސް ވުމުން ކަމަށާއި މިފަދަ ހަރަކާތެއް ހިންގީ ގޭގެއަށް ޒިޔާރަތް ކުރުމާއި ހަދިޔާ ދިނުމަކީ މިހާރު ގެއްލެމުންދާ ޘަޤާފަތަކަށްވާތީ އެކަން އާލާކޮށް ދިރުވުމުގެ ގޮތުންވެސް ކަމަށެވެ.
ބައެއް ބެލެނިވެރިން ބުނީ ކުދިންނަށް ލިބުނު ހަދިޔާއަށްވުރެ އަގުބޮޑުވެގެން ދިއައީ ޓީޗަރުން ކުދިންގެ ގޭގެއަށް ޒިޔާރަތްކޮށް ވަގުތުކޮޅެއް ހޭދަކުރުމުން ކަމަށެވެ. އަދި ހުރިހާ ކުދިންވެސް ތިބީ ވަރަށް އުފަލުން ކަމަށެވެ.
ވިލިމާލޭ ޕްރިސްކޫލުން ވަނީ މިދިއަ އަހަރުވެސް ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ޚާއްޞަ ހަރަކާތްތަކެއް ހިންގައިފައެވެ.