ހުޅުމާލޭގައި 17 އަހަރުގެ ކުއްޖަކު ބާރު ސްޕީޑްގަ ދުއްވި ސައިކަލެއް އެކްސިޑެންޓްވެ ދުއްވި ކުއްޖާއަށާއި ފަހަތުގައި އިން 14 އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 3.00 ހައިއިރު ހިނގި މިއެކްސިޑެންޓް ވެފައިވަނީ ނިރޮޅުމަގުން ވެލިގާ ހާޑްވެއާކައިރީގައި ކަމަށާއި ސައިކަލު ޖެހުނީ ޕިއްޒާ ބަހަން ބޭރު މީހަކު ދުއްވި ސައިކަލެއްގައި ކަމަށެވެ. އަދި އެކްސިޑެންޓްވެފައިވަނީ ފަހަތުން އައިސް ޖެއްސުމުން ކަމަށެވެ. އަދި ބޭރު މީހާއަށްވެސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. ފުލުހުން ބުނީ އެކްސިޑެންޓްވި 2 ކުދިންނަށްވެސް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށެވެ.
ލައިސަންސް ނެތި ސައިކަލް ދުއްވަން ދިނުމަކީ ކުށެއް ނަމަވެސް މިބާވަތުގެ މައްސަލަތަކުގައި ސައިކަލް ދިން އެއްވެސް މީހަކާއި އަދި މިހައިތަނަށް ދައުވާ ކުރިކަން އެނގިފައެއް ނުވެއެވެ.