ފަޅުރަށެއްކަމުގައިވާ ގދ. ހުޅުވާރުލު ގައި ވަޅުލާފައި ހުރި 149 ކިލޯގްރާމުގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 5 މީހުންގެ ތެރެއިން އެކެއްގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފިއެވެ.
މިމައްސަލައިގައި ހައްޔަރުކުރި އަނެއް ހަތަރު މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކޮށްފައެވެ.
ފުލުހުން ހިންގި މިއޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ހިރޮއިން އަދި ކެނެބިސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިއޮޕަރޭޝަނަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ތައުރީފު ކުރައްވައި ފުލުހުންނަށް ހިތްވަރު ދެއްވާފައެވެ.