ދެ މަސް ދުވަސް ތެރޭގައި ކެންދޫގެ 15 މީހަކު ޑެންގޫއަށް ޕޮޒިޓިވް ވެއްޖެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދެ މަސް ދުވަސް ތެރޭގައި ކެންދޫގެ 15 މީހަކު ޑެންގޫއަށް ޕޮޒިޓިވް ވެއްޖެ!

ފާއިތުވި ދެ މަސް ދުވަސް ތެރޭގައި ބ. ކެންދޫގެ 15 މީހަކު ޑެންގޫ ހުމަށް ޕޮޒިޓިވް ވެއްޖެއެވެ.

ކެންދޫގައި ޑެންގޫ ހުން ފެތުރެމުންދާތީ އެކަމުން ރައްކާތެރިވުމަށް ފިޔަވަޅު އެލުމަށް އެރަށު ކައުންސިލުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

މިދުވަސްވަރު އާންމުން ގެއިން ބޭރަށް ނިކުމެ އުޅޭއުޅުމުގައި ހަށިގަނޑު ނިވާވާފަދަ އަންނައުނު ލުމަށާއި، އާންމު ސާފުޠާހިރުކަމަށް ސަމާލުކަން ދިނުމަށާއި މަދިރިން ރައްކާތެރިވުމުގެ ވަސީލަތްތައް ބޭނުން ކުރުމަށް ވެސް އެރަށު ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ފާއިތުވީ ދެ މަސް ދުވަހުގެ ތެރޭގައި އެރަށުގެ 15 މީހުން ޑެންގޫ ހުމަށް ޕޮޒިޓިވް ވެފައިވާއިރު މިހާރުވެސް އެރަށުގެ ހަ މީހަކު ވަނީ އެބަލި ހުރިކަމަށް ޝައްކު ކުރެވޭތީ، ކެންދޫ ސިއްޙީ މަރުކަޒުގައި އެޑްމިޓު ކޮށްފައެވެ.

އެމަރުކަޒުގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ އަބްދުލްޖަލީލް އިބްރާހިމް ވިދާޅުވީ، ޑެންގޫ ހުން ޖެހިގެން އަދި މިހާތަނަށް އެކަކުވެސް އެމަޖެންސީ ހާލަތަކަށް ނުވަތަ ނުރައްކާތެރި ހާލަތަކަށް ގޮސްފައިނުވާ ކަމަށެވެ. އަދި ކަމާއިބެހޭ ފަރާތްތަކުގެ ލަފާއާއެކު ބަލިމީހުންނަށް ފަރުވާދިނުމާއި ޑެންގޫއިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މިއަދު އޮންލައިން