ޢަޞްރު ނަމާދަށް ފަހު ބާއްވާ ދަރުސްތަކުގަ ނައިބް ރައީސް ބައިވެރިވެވަޑައިގަންނަވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ޢަޞްރު ނަމާދަށް ފަހު ބާއްވާ ދަރުސްތަކުގަ ނައިބް ރައީސް ބައިވެރިވެވަޑައިގަންނަވަނީ!

ޢަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބާއްވާ ދަރުސްތަކުގައި ނައިބް ރައީސް ފައިޞަލް ނަސީމް ބައިވެރިވެވަޑައިގަންނަވަމުން އެބަ ގެންދަވައެވެ. 

ނައިބް ރައީސް ދަރުސަކަށް ވަޑައިގަތުމަކީ ޚާއްޞަ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް މިއީ މީގެ ކުރިން ރާއްޖޭގެ އެއްވެސް  ނައިބް ރައީސެއްގެ ކިބައިން ފެނިފައިވާ ކަމަކަށް ނުވުމުން އެކަން ޚާއްޞަވެގެންދަނީއެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކޮންމެ ރެއަކު ޖަމާއަތުގައި ތަރާވީޙް ނަމާދު ކުރައްވަމުން ގެންދެވުންވެސް ވެގެންދިއައީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ފެނުނު އައު ކަމަކަށެވެ. 

ޤައުމެއްގެ ވެރިންގެ ކިބައިން ތަޤްވާވެރިކަމުގެ ސިފަތައް ފެނުމަކީ އުފާށކުރަން ޖެހޭ ކަމެކެވެ. ގިނަ ބައެއްގެ އުންމީދަކީ ރާއްޖޭގައި ވީއްލިގެން ގޮސްފައިވާ ހެޔޮ ކަންތައްތައް ކުރުމުގައި "އާބާތުރަ"ފިލައިގެންދިއުމެވެ.

މިއަދު އޮންލައިން