ވައިގެމަގުން އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 37ސ
ވައިގެމަގުން އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ވައިގެމަގުން އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ

 މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ މީހެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ވައިގެ މަގުން އައްޑޫ ސިޓީއަށް ދަތުރުކުރަމުންދާ މީހަކު ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މެއި 11 ވަނަ ދުވަހުގެ 16:15 ހާއިރު ގަން އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.

އެއަރޕޯރޓުން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކޯޓު އަމުރެއްގެ ދަށުން މިމީހާގެ ހަށިގަނޑު އެކްސްރޭ ނަގައި ބެލިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެދަޅު ފެނިފައިވެއެވެ.

މިއަދު އޮންލައިން