ބ. ދަރަވަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ދަރަވަންދޫގައި މީހަކު މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ފިރިހެނެކެވެ. މެއި 09 ވަނަ ދުވަހުގެ 21:05 ހާއިރު ހިންގި މިއޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް މިމީހާ ގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މިމައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާއިމެދު ގޮތެއްނިންމުމަށް ބ. ހިތާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސްދުވަހުގެ މުއްދަތެއްދީފައިވެއެވެ.