މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.
މިމައްސަލައާ ގުޅިގެން ހޯދަނީ ބ. ތުޅާދޫ / ލާޖަހާގެ، އަޙްމަދު ތަސްލީމް (30އ) އެވެ.
ވީމާ އަޙްމަދު ތަސްލީމްއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅާއި ޙިއްސާކުރުމަށް އެދެއެވެ.