ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެމް.އޯ.ޔޫ އެއް ގައި ސޮއިކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެމް.އޯ.ޔޫ އެއް ގައި ސޮއިކޮށްފި

ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މެމޮރަންޑަމް އޮފް އަންޑަސްޓޭޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކޮށްފިއެވެ.

ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޯ މާކެޓް ރެގިއުލޭޝަނާއި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއާ ދެމެދު ވެވުނު މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޯ މާކެޓް ރެގިއުލޭޝަންގެ މިނިސްޓަރު ޒޭންގް މާއޯ އެވެ.

މިއެމް.އޯ.ޔޫ ގެ ދަށުން ދެގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް ކުރިއެރުވުމާއި ސްޓޭންޑާރޑްސް އަދި ކޮންސިއުމާ ޕްރޮޓެކްޝަންގެ ދާއިރާއިން އެހީތެރިވުމާއި އެއްބާރުލުން ދިނުމާގުޅޭ ގޮތުން މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން ދެގައުމުގެ އޮފިޝަލުން އަދި އެކްސްޕާޓުން، ދެގައުމަށް ޒިޔާރަތް ކުރުމާއި، ކަމާބެހޭ ތަމްރީންތަށް ފޯރުކޮށްދިނުމަށް ފުރުސަތު ލިބުބާއި، ދެގައުމުން ކަނޑައަޅާ ދާއިރާތަކުން ކޯޕަރޭޝަން ކުރިއަށް ގެންދިއުމަށް ވެސް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. 

މިއަދު އޮންލައިން