ކުރީގެ ރައީސް ޔާމީންގެ މައްސަލައެއް ޕީޖީ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފި!

ކިޔުމަށް ހޭދަވާނީ 36ސ
ކުރީގެ ރައީސް ޔާމީންގެ މައްސަލައެއް ޕީޖީ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފި!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ގެ މައްސަލައެއް، ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ) ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފިއެވެ. 

ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒްކޮށް ކްރިމިނަލް ކޯޓުން ކުރިން ވަނީ، ޝަރީޢަތް ނިމެންދެން އެމަނިކުފާނު ބަންދު ކުރަން ވެސް އަމުރުކޮށްފައެވެ. ނަމަވެސް ހައިކޯޓުން ފަހުން ވަނީ އެދެހުކުމް ވެސް ބާތިލު ކޮށްފައެވެ.

ޕީޖީން ސުޕްރީމް ކޯޓުގައި ބެލުމަށް އިލްތިމާސް ކޮށްފައިވަނީ މިދެ މައްސަލައިގެ ތެރެއިން ކޮން މައްސަލައެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ. 

މިމައްސަލައިގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހަށް ވަނީ ތާވަލު ކޮށްފައެވެ.

މިއަދު އޮންލައިން