ހާޖަރާ ތައުފީޤްގެ ސިޔަރަތާ ނުލައި ރޯދަ މަހުގެ ދުވަސްތައް ގިނަ ބައަކަށް ވަރަށް ފަޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ހާޖަރާ ތައުފީޤްގެ ސިޔަރަތާ ނުލައި ރޯދަ މަހުގެ ދުވަސްތައް ގިނަ ބައަކަށް ވަރަށް ފަޅު!

ރަމަޟާން މަސް އައުމުން އެންމެ ގިނަ ބައަކު އަޑުއަހަން އެންމެ ޝައުޤްވެރިވާ އެއް ޕްރޮގްރާމަކީ އަލްމަރްޙޫމް މުޙައްމަދު ތައުފީޤް (ހާޖަރާ ތައުފީޤް) ގެ އަޑުން ރެކޯޑް ކޮށްފައިވާ ރަސޫލް (ޞޢވ) ގެ ސިޔަރަތެވެ.  

ސިޔަރަތު މަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ޢިބާރާތްތަކުގެ ފުރިހަމަކަން ހާމަވެގެންދަނީ ތައުފީޤްގެ ބަލާޣާތްތެރި ކިޔުމުންނެވެ. ހާދިސާތައް ވިދާޅުވާއިރު އަޑުފުޅަށް ގެންނަވާ ބަދަލުތަކުގެ ސަބަބުން އެއީ ލައިވް ކޮމެންޓްރީއެއް ނޫންކަން އިޙްޞާޞެއް ނުކުރެވެއެވެ. ބަދުރު ހަނގުރާމަ، އުހުދު ހަނގުރާމަ، ރަސޫލް (ޞޢވ) ދުނިޔެ ދޫކުރެއްވެވުން ފަދަ ހާދިސާތަކުން މިކަން ވަކިން ބޮޑަށް ފާހަގަކުރެވެއެވެ.  

އެހެންކަމުން ރަމަޟާން މަސް އައުމުން ހާޖަރާ ތައުފީޤްގެ ސިޔަރަތާއި ނުލައި ރަމަޟާން މަސް ވަރަށް ފަޅުކަން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ. 

މިއަދު އޮންލައިން