މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ދައުވާކުރުމަށް ފޮނުވި މައްސަލަތައް ޕީޖީން އަނބުރާ ފޮނުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 47ސ
މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ދައުވާކުރުމަށް ފޮނުވި މައްސަލަތައް ޕީޖީން އަނބުރާ ފޮނުވާލައިފި

މާލީ ބަޔާން ހުށަހަޅާފައިނުވާ ކެންޑިޑޭޓުންނަށް ދައުވާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވި މައްސަލަތައް ޕީޖީން އޮފީހުން އަނބުރާ ފޮނުވާލައިފިއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނި މިމައްސަލަ އަނބުރާ ފޮނުވާލީ އިލެކްޝަންސް ކޮމިޝަނުން ފުރިހަމަކުރި ރިޕޯޓްގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ކަމަށެވެ.

މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ ތެރޭގައި އަދާލަތާއި ޕީއެންސީގެ ކެންޑިޑޭޓަކާއި އެމްޓީޑީގެ ދެ ކެންޑިޑޭޓޫންނާއި ލޭބާ ޕާޓީގެ ދެ ކެންޑިޑޭޓުން ހިމެނެއެވެ. މީގެއިތުރުން އަމިއްލަ ގޮތުން އިންތިޚާބަށް ވާދަކުރި 31 ކެންޑިޑޭޓަކުވެސް މާލީ ބަޔާން ހުށައަޅާފައިނުވެއެވެ.

މިކަމާގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ޕީޖީ އޮފީހުން އެދިފައިވާ ގޮތަށް އިތުރަށް ފުރިހަމަކުރުމަށްފަހު އެ މައްސަލަތައް އަލުން ފޮނުވާނެ ކަމަށެވެ.

އިންތިހާބާ ބެހޭ ގާނޫނުގައި ބުނާގޮތުން އިންތިހާބު ބާއްވާތާ، 21 ދުވަސް ތެރޭ ކެންޑިޑޭޓުން، ކެމްޕޭނަށް ހޭދަކުރި ގޮތުގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ.

މިއަދު އޮންލައިން