ލުތުފަރު މަރާލީ އޭނާގެ އަރިކަށިމަތީ އެއްޗަކުން ޖަހައި ހޭނައްތާލުމަށް ފަހު ކަރުގައި ހިފައިގެން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
ލުތުފަރު މަރާލީ އޭނާގެ އަރިކަށިމަތީ އެއްޗަކުން ޖަހައި ހޭނައްތާލުމަށް ފަހު ކަރުގައި ހިފައިގެން!

ށ. ޅައިމަގުގައި ދުއްވާ "ކުރިމަގު 1" ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ލުތުފަރު މަރާލީ އޭނާގެ އަރިކަށިމަތީ އެއްޗަކުން ޖަހައި ހޭނައްތާލުމަށް ފަހު ކަރުގައި ހިފައިގެންކަމަށް، ލުތުފަރު މަރާލައިކަމަށް ތުހުމަތު ކުރެވޭ މީހުން މިކަން ކުރިގޮތް ފުލުހުންނަށް ކުޅެދިން މަންޒަރުދުއް މީހަކު ބުނެފިއެވެ.

ލުތުފަރުގެ މަރާގުޅިގެން ތުހުމަތު ކުރެވޭ އޭނާގެ އެކުވެރިން ވަނީ ފުލުހުންނަށް އެކަން ކުރިގޮތް ކުޅެދީފައެވެ. 

ފައިސާގެ މައްސަލައެއްގައި ލުތުފަރު މަރާލި ކަމަށް ބިދޭސީން ބުނަނީ ދަންވަރުގެ ވަގުތުގައި އޭނާގެ އަރިކަށިމަތީ އެއްޗަކުން ޖަހައި ހޭނައްތާލުމަށްފަހު ކަރުގައި ހިފައިގެން ކަމަށާއި. އަދި އޭނާގެ ޓީޝާޓު ބޭލުމަށް ފަހު ގައިގައި، ކުކިންއޮއިލް ހުސް ކުރި ބޮޑު ރީނދޫ ހަމެއް އައްސައި ފަޅުތެރެއަށް ދޫކޮށްލި ކަމަށް އެކަން ކުރިގޮތް ކުޅުނު މަންޒަރުދުއް މީހަކު ބުނެއެވެ.

ލުތުފަރު މަރާލުމުގައި "ކުރިމަގު 1" ގައި އޭނާއާއި އެކު މަސައްކަތް ކުރާ ތިން ބިދޭސީއަކު ބައިވެރިވިއެވެ. 

މައުލޫމާތު ލިބިފައިވާގޮތުގައި ލުތުފަރުގެ ފައިސާތަކެއް އޭނާގެ ގައުމަށް ފޮނުވަން ބޯޓުގައި އުޅޭ އެހެން ބިދޭސީއާކާއި ހަވާލުކުރުމުން އެފައިސާ ނުފޮނުވާ އެ ފައިސާ ބޭނުން ކުރި މައްސަލަ އެ މީހުންގެ މެދުގައި ޖެހުނެވެ. 

މިއަދު އޮންލައިން