ރޯދަ ވީއްލަންވެސް މުސްކުޅިންނަށް އަނިޔާ!: ކަފިހިހުރަސް މަތިން މުސްކުޅިއެއްގެ ބަނޑުގަ ސައިކަލުން ޖެއްސުމަށްފަހު ފިލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ރޯދަ ވީއްލަންވެސް މުސްކުޅިންނަށް އަނިޔާ!: ކަފިހިހުރަސް މަތިން މުސްކުޅިއެއްގެ ބަނޑުގަ ސައިކަލުން ޖެއްސުމަށްފަހު ފިލައިފި

ކަފިހިހުރަސް މަތިން މުސްކުޅިއެއްގެ ބަނޑުގާ ސައިކަލުން ޖެއްސުމަށްފަހު ފިލައިފިއެވެ.  

މަންޒަރު ފެނުނު މީހަކު ބުނީ އެކަން ހިނގީ މިމަހުގެ 12 ދުވަހު އިރު އޮއްސެން 5 މިނިޓަށް ކައިރިވެފައި ވަނިކޮށް ސްޓޭޑިއަމް ތެރޭގައި ބޮޑުތަކުރުފާނު މަގަށް ހުންނަ މެރީ ބްރައުން ރެސްޓޯރަންޓް ކުރިމަތީގައި އޮންނަ ކަފިހި ހުރަސް މަތިން ކަމަށެވެ.  

"ކުއްލިއަކަށް އިވުނީ މީހަކު އަޑުގަދަކޮށް ރޮއިގަތް އަޑު. ދެން ފެނުނީ މުސްކުޅިއަކު ބަނޑުގައި އަތް އަޅައިގެން ގުދަށް އޮތްތަން. އެއިރު ރޮކެޓް ސްޕީޑްގައި ގޮސް އެމީހާގެ ބަނޑުގާ ހުންގާނުން ޖެއްސި ސައިކަލް ކުރިއަށްވުރެވެސް ބާރަށް ދުން ޖަހާފައި ދުއްވަމުންދޭ. ހީވަނީ އެއީ ޖީއެން ސައިކަލެއްހެން." އެމީހާ ބުނެފައިވެއެވެ.  

އޭނާ ބުނީ ފުލުހުން ބަލަން ބޭނުންނަމަ އެ ސަރަހައްދުގައި ހުންނަ ސީސީޓީވީ ކެމެރާތަކުން އެ ސައިކަލު ހޯދޭނެ ކަމަށެވެ. "މިމަހުގެ 12 ވަނަ ދުވަހުގެ އިރު އޮއްސުމުގެ 5 މިނިޓް ކުރި ބަލައިލީމާ ފެންނާނެ!" ކަމަށްވެސް އޭނާ ބުނެފައިވެއެވެ.  

ބާރު ސްޕީޑްގައި ދުއްވައި މީހުންގެ ގައިގައި ޖައްސައި ބޮޑެތި އަނިޔާތައް ކުރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މި އަނިޔާއަށް ބެލި ނަމަވެސް ސައިކަލުގައި ދުއްވަން އިނީ ރޯދަވެރިއެއް ކަމަށް ބަލައިފިނަމަ ރޯދައަށް ހުރެ މުސްކުޅިއަކަށް އެކުރީ ކިހައިވަރެއްގެ ބޮޑު އަނިޔާއެއް ހެއްޔެވެ؟  

އެއްގޮތަކުން ބަލައިފިނަމަ ކަންބޮޑުވުމުގެ އެއްވެސް ބޭނުމެއް ވެސް ނެތެވެ. މިފަދަ އަނިޔާތައް ކުރުމުން ސަރުކާރުގެ ދީލަތިކަމުން އަނިޔާ ލިބުނު މީހާއަށް ބޭސްފަރުވާ ކޮށްދޭނެއެވެ. އެ ޚަރަދުވެސް ކުރަން މި ޖައްސުވަނީ ހަޤީޤަތުގައި ނިކަމެތި ރައްޔިތުންނަށެވެ. ޖައްސައި އަނިޔާ ކުރާ މީހުންނަށް އޮތީ ކޮން ތަކުލީފެއް ހެއްޔެވެ؟  

މިއަދު އޮންލައިން