މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ހަދާ ވަގުތީ މާރުކޭޓުގެ ގޮޅިތައް ދޭނެ 20 ފަރާތައް ގުރުއަތުން ހޮވައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ވިލިމާލޭގައި ހަދާ ވަގުތީ މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 60 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ. އޭގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވަނީ 43 މީހުން ކަމަށެވެ. އަދި ޝަރުތު ހަމަވި 43 މީހުންގެ މެދުގައި މިއަދު ގުރުއަތުލައި ގޮޅިތައް ދޭނެ 20 ފަރާތެއް ވަނީ ކަނޑައަޅާފައިކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ ވިލިމާލޭގައި ހަދާ ވަގުތީ މާރުކޭޓުގެ ގޮޅިތައް ދޫކޮށްފައިވަނީ ވިލިމާލޭގެ ރަށްވެހިންނަށް ކަމަށާއި އަދި މިއީ އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް މޭވާއާއި ތަރުކާރީގެ ބާވަތްތައް ތާޒާކަމާއެކު އަދި ފަސޭހަގޮތަކަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ހުޅުވާ މާރުކޭޓެއް ކަމަށެވެ.