ޑައިޓިޝަނުންގެ ބަހުންވެސް އެނގެނީ މިސްކިތުން ރޯދަ ވީއްލައި ނަމާދުކޮށްގެން ގެއަށް ގޮސް ކެއުމުން ޞިއްޙަތަށް ފައިދާކުރާކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޑައިޓިޝަނުންގެ ބަހުންވެސް އެނގެނީ މިސްކިތުން ރޯދަ ވީއްލައި ނަމާދުކޮށްގެން ގެއަށް ގޮސް ކެއުމުން ޞިއްޙަތަށް ފައިދާކުރާކަން!

"ކަދުރުރު ފަދަ މޭވާ އަކާއި ފެންތަށްޓަކުން ރޯދަ ވީއްލުމަށްފަހު އެހެން ތަކެތި ކެއުމުގެ ކުރިން 15 ވަރަކަށް މިނިޓް މަޑުކޮށްލައިފި ނަމަ ކޮހޮރުގެ މައްސަލަތައް ކުޑަވާނެ" 

އައިޖީއެމްއެޗްގެ ޑައިޓީޝިއަން އާސިޔާ   

ގިނަ ބައަކު ރޯދަ ވީއްލަން ދަނީ މިސްކިތަށެވެ. މިސްކިތުގައި ރޯދަ ވީއްލަނީ ކަދުރާއި ފެނުންނެވެ. އެއަށްފަހު މަޣްރިބް ނަމާދުކޮށްގެން ގެއަށް ދެވޭނީ 15 ވަރަކަށް މިނިޓް ފަހުންނެވެ. އެހެންކަމުން އާސިޔާ އެވިދާޅުވާ ގޮތަށް އެކަން އޮންނާނީ ކުރެވިފައެވެ.  

ގޭގައި ރޯދަ ވީއްލާ އަންހެނުންނާއި ކުޑަކުދިންވެސް ކަދުރާއި ފެނުން ރޯދަ ވީއްލުމަށްފަހު ކެއުމުގެ ކުރިން މަޣްރިބް ނަމާދާއި ފަހު ސުންނަތުގެ 2 ރަކްޢަތް ނަމަވެސް ކޮށްފިނަމަ 15 ވަރަކަށް މިނިޓް އޮންނާނީ ލިބިފައެވެ. އަދި ފަރުޟު ވެސް އަދާކުރެވިފައެވެ.  

މިއީ ރޯދަ ވީއްލަން ރެސްޓޯރަންޓްތަކަށް ގޮސް ބަންގި ގޮވުމުން ބަނޑުފުރެންދެން ކައި އުޅޭ މީސްމީހުން އިތުރަށް ވިސްނައިލުން ރަނގަޅު ކަމެއްކަން ފާހަގަކުރެވެއެވެ.  

ގިނަ ޤައުމުތަކުގައި ގޭގައި ރޯދަ ވީއްލާ މީހުން ވެސް ރޯދަ ވީއްލުމަށްފަހު ކަނީ ނަމާދުކޮށްގެންނެވެ. ނަމަވެސް ރާއްޖޭގެ ގިނަ ގޭގޭގައި މިގޮތަށް އަމަލު ކުރާކަން އެނގިފައެއް ނެތެވެ

މިއަދު އޮންލައިން