ފައިސާތަކެއް ހޮވައި ވެރިފަރާތް ހޯދަނީ

ކިޔުމަށް ހޭދަވާނީ 26ސ
ފައިސާތަކެއް ހޮވައި ވެރިފަރާތް ހޯދަނީ

މާލެ ލޯކަލްމާރުކޭޓު ސަރަޙައްދުން ފައިސާތަކެއް އާންމު ފަރާތަކުން ހޮވައި ފުލުހުންނާ ހަވާލު ކުރުމުން އެފައިސާތަކުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަންފަށައިފިއެވެ.

މިފައިސާތައް ފުލުހުންނާ ހަވާލުކޮށަފައިވަނީ މެއި 12 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

ވީމާ މިފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅާއި ، ވެރިފަރާތްކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުން އެދެއެވެ.

 

މިއަދު އޮންލައިން