ށ. ފުނަދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ފުނަދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 14 ވަނަ ދުވަހުގެ 18:16 ހާއިރު ހިންގި އޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަޙައްދުންނެވެ.
ފުނަދޫ ބަނދަރުގައި އޮތް ދޯންޏަކަށް އަރާ ކޮތަޅެއް ބާލައިގެން ދަނިކޮށް މި މީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު، މީނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.