މަޖީދީމަގު ޑިލައިތް ފިހާރަ ކުރިމަތީގަ އޮންނަ ޒެބްރާ ކްރޮސް ހުރަސްކުރި 26 އަހަރުގެ އަންހެނެއްގެ ގައިގައި ސައިކަލަކުން ޖައްސައިފިއެވެ. ފުލުހުން ބުނީ އަންހެން މީހާގެ ގައިގައި ޖައްސާފައި ވަނީ 29 އަހަރުގެ ލައިސަންސް އޮތް މީހަކު ދުއްވި ސައިކަލަކުން ކަމަށެވެ.
ފުލުހުން ބުނީ އަނހެން މީހާގެ ކަކުލަށް ތަދުވެފައިވާ ކަމަށާއި ޖެއްސި މީހާއަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށެވެ.
ޒެބްރާ ކޮރޮސް މައްޗަށް ވެހިކަލު އަރުވައި މަގު ހުރަސްކުރާ މީހުންގެ ގައިގައި ޖެއްސުމަކީ ކުށެއް ކަމަށް ޤަވާއިދުގައި އޮވެއެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން ގިނަ ބައަކަށް ދަނީ އެކަމުގެ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.