ސަރުކާރުން ދައްކަންޖެހޭ ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ މިންވަރު ލަފާކުރި އަދަދަށްވުރެ، ހަ ގުނަ އިތުރުވެއްޖެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 44ސ
ސަރުކާރުން ދައްކަންޖެހޭ ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ މިންވަރު ލަފާކުރި އަދަދަށްވުރެ، ހަ ގުނަ އިތުރުވެއްޖެ!

ސަރުކާރުން ދައްކަންޖެހޭ ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓުތަކަށް ދެއްކި މިންވަރު ލަފާކުރި އަދަދަށްވުރެ، ހަ ގުނަ އިތުރުވެއްޖެއެވެ.

މިކަން ހާމަކޮށްފަވަނީ ފިނޭންސް މިނިސްޓްރީީން ކޮންމެ ހަފްތާއަކު ނެރޭ މާލީ ރިޕޯޓުގައެވެ. މި ރިޕޯޓްގައިވާގޮތުން މި އަހަރުގެ ބަޖެޓަށް ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ގޮތުގައި ކަނޑައަޅާފައިވަނީ 50.4 މިލިއަން ރުފިޔާއެވެ. މިދިޔަ ހަތަރުމަހު މިހާތަނަށް 336.7 މިލިއަން ރުފިޔާ އެކަމަށް ހޭދަވެފައިވުމުން މިއީ ލަފާކުރި ބަޖެޓަށްވުރެ ހަ ގުނަ އިތުރު އަދަދެކެވެ.

ޖޫރިމަނާތަކާއި ގެއްލުމުގެ ބަދަލުތަކަށް ބޮޑުހޭދައެއް ސަރުކާރުން ކުރަންޖެހިފައިވާއިރު ދާދިފަހުން ވަނީ ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ދައުލަތުން 348 މިލިއަން ރުފިޔާ ދޭން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވެއެވެ.

ދައުލަތުން ވަނީ މިމައްސަލަ ބާތިލުކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދިފައެވެ.

މިއަދު އޮންލައިން