މޯލްޑިވް ގޭހުން ރޯދަ މަހަށް ހާއްސަކޮށް ބެކްއަޕް ސިލިންޑަރުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މިޕްރޮމޯޝަނަކީ ކުއްލިއަކަށް ގޭސް ހުސްވެގެން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް ފަސޭހަ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް މޯލްޑިވް ގޭހުން ވަނީ ބުނެފައެވެ.
މިޕްރޮމޯޝަންގެ ދަށުން ދެ ކިލޯގެ ބެކްއަޕް ސިލިންޑަރެއް ގަތުމަށް 330ރ. ގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު ރީފިލް ކުރުމަށް 45ރ. ދައްކަންޖެހެއެވެ. މިޕްރޮމޯޝަންގައި ގުރުއަތުން ކޮންމެ ހަފްތާއަކު ލުއި ފުޅިއެއްގެ އިތުރުން 10 ކިލޯއަށްވާ ގޭސް ލިބެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ޖޫން 5 ގެ ނިޔަލަށެވެ.