އީސީގެ ރައީސްގެ މަޤާމުން ޝަރީފު ވަކިވާން ނިންމައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
އީސީގެ ރައީސްގެ މަޤާމުން ޝަރީފު ވަކިވާން ނިންމައިފި!

އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށް އެ ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޝަރީފު ވިދާޅުވީ އޭނާ ހުންނަވައިގެން އީސީގައި ޒިންމާތައް އަދާ ކުރެއްވުނު ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު މެންބަރުން ކަމުން އިސްތިއުފާދެއްވުމަށް ނިންމަވާފައިވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާ ދެއްވަން ނިންމެވީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައި ނުގެންނެވޭތީ އެ ފުރުސަތު އަލުން ހޯއްދަވަން ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ. 

ޝަރީފު މީގެކުރިން ވަނީ އަތޮޅުވެރިކަމާއި ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަމާއި އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުވެސް ކުރައްވާފައެވެ.

މިއަދު އޮންލައިން