ސިންގަޕޯރ އެއަލައިންސް އިން އެ އެއާލައިންގެ ރާއްޖޭގެ ކާގޯ ސޭލްސް އޭޖެންޓް ކަމަށް ސެންޗޫރިއަން އެއަރ ހަމަޖައްސައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ސިންގަޕޯރ އެއަލައިންސް އިން އެ އެއާލައިންގެ ރާއްޖޭގެ ކާގޯ ސޭލްސް އޭޖެންޓް ކަމަށް ސެންޗޫރިއަން އެއަރ ހަމަޖައްސައިފި

ސިންގަޕޯރ އެއަލައިންސްއިންއެއެއާލައިންގެ ރާއްޖޭގެ ކާގޯ ސޭލްސް އޭޖެންޓް ކަމަށް ސެންޗޫރިއަން އެއަރ ޕްރައިވެޓް ލިމިޓެޑް ކަނޑައަޅައި އައްޔަންކޮށްފިއެވެ. 

ސިންގަޕޯ އެއަރލައިންސް އާއިސެންޗޫރިއަން އެއަރ އާއި ދެމެދު ކާގޯ ސޭލްސް އޭޖެންޓްކަމުގެ (ސީ.އެސް.އޭ) އެއްބަސްވުމުގައި ސޮއިކުރީ ސިންގަޕޯ އެއަރލައިންސް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. 

ސެންޗޫރިއަން އެއަރ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޙުސައިން ނިޒާރު އެވެ. ސިންގަޕޯރ އެއަރލައިންސް ފަރާތުން މިއެއްބްސްވުމުގައި ސޮއިކުރެއްވީ އެފަރާތުން ރާއްޖެއަށް ކަ ނޑައަޅުއްވާފައިވާ ޖެނަރަލް މެނޭޖަރ އަޙްމަދު ޒުހުރީ ޖޯޙަރީއެވެ. 

ސެންޗޫރިއަން އެއަރ އަކީ ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޔެކެވެ. ސެންޗޫރިއަން އެއަރއަކީ ވައިގެ މަގުން ގެނެވޭ މުދަލާ އަދި އަންނަ ޕަސިންޖަރުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ކުންފުންޔެކެވެ. މިކުންފުނީގެ ސީނިއަރ މެނޭޖްމަންޓްގައި ހަރަކާތްތެރިވަމުންދަނީ މި ދާއިރާގައި ގިނަ މަސައްކަތްކޮށް އަދި ގިނަ ތަޖްރިބާ

ލިބަފައިވާ ބޭފުޅުންނެވެ.

ސެންޗޫރިއަން އެއަރ އިން ބުނީ އެކުންފުނީގެ އުންމީދަކީ ސިންގަޕޯރ އެއަރލައިން އާއި ދެމެދު މިވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖެއިންއެކްސްޕޯޓްކުރާ މުދާތަކަށް އިތުރު ޤައުމްތަކުގެ ދޮރުތައް ހުޅުވި ރާއްޖޭގެ އެކްސްޕޯޓް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް

ލިބިގެން ދިއުން ކަމަށެވެ.

މިއަދު އޮންލައިން