ހުކުރު މިސްކިތު ބޭރުގަ ތަރާވީސް ނަމާދުކުރާ މީހުންނަށް ސަޖިދަކުރަން ފަސޭހަކޮށްދިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ހުކުރު މިސްކިތު ބޭރުގަ ތަރާވީސް ނަމާދުކުރާ މީހުންނަށް ސަޖިދަކުރަން ފަސޭހަކޮށްދިފި

މާލޭ ހުކުރު މިސްކިތު ބޭރު، މިސްކިތް ކައިރީގައި ތަރާވީޙް ނަމާދުކުރާ މީހުންނަށް ސަޖިދަކުރަން ފަސޭހަކޮށްދިނުމަށްޓަކައި ބޯ ސަތަރިއެއް ފަތުރައިދީފިއެވެ. މިއީ ފަހުގެ ތާރީޚެއްގައި މިފަދަ ކަމެއް ކޮށްދިން ފުރަތަމަ ފަހަރެވެ. 

އެ ސަތަރި ފަތުރައި ދިނުމުގެ ކުރިން ކުނާ މަދުވެ ކުނާ ހުސްވެގެން އުޅެން ޖެހުނު ނަމަވެސް މިހާރު އެންމެންނަސްވެސް ޢާންމުކޮށް ކުނާ ލިބއެވެ. ސަބަބެއް ކަމަށް ބެލެވެނީ ސަތަރި މަތީގައި އަމިއްލަ މުސައްލަ އެޅުމުން ކުނާ ބޭނުންކުރަން ޖެހޭ މިންވަރު މަދުވުމެވެ. 

2017 ވަނަ އަހަރުގެ ރަމަޟާންމަހު ތަރާވީސްކުރާ ސަރަހައްދަށް އަލިކަމެއް ލިބޭތޯ މަސް ފެށުނީންސުރެ ސަލާންޖަހަމުން ދަނިކޮށް މުލީއާގެއިން ކޮންޓްރޯލްކުރާ އެ ސްވިޗް ޖެއްސޭވަރުވީ މަހުގެ 25 ހައިތަނުގައެވެ. 2018 ވަނަ އަހަރު ސްވިޝް ވަރަށް ފަސޭހައިން ޖެހުނެވެ. ނަމަވެސް ނަސްރީނާ ޕާކުގެ ގަސްތަކާއި ވިނަތައް ބޯކަމުން އަލިކަމެއް ނުލިބޭތީ އަލިކަމެއް ދެއްވަވާތޯ ނަމާދު ބާވައިލެއްވެވި ﷲ ތަޢާލާއަށް ދުޢާކޮށް މިއަދުނޫހުގައި ލިޔުމެއް ޝާއިއުކުރިތާ 3 ދުވަސްތެރޭ ޕާކު ސާފުކުރިއެވެ. 

2018 ވަނަ އަހަރަކީ އެފަދަ އިތުރު ދުޢާއެއްވެސް ވަރަށް އަވަހަށް އިޖާބަ ކުރެއްވެވި އަހަރެކެވެ. ހުޅުމާލޭގައި މީހުން ދިރިއުޅޭތާ 20 އަހަރުވެފައިވާއިރު ވެސް މަސްމާރުކޭޓެއް ނެތުމުގެ ދަތިކަމުގެ މައްސަލައަކީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރުވެސް މިއަދުނޫހުން ފާހަގަކުރި މައްސަލައެކެވެ. ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށްޓަކއި ޖައްވުގައި ހަދާ "ޓްރާންސްޕެރެންޓް މާކެޓް" ހަދައި ނިމެންދެން ވަގުތީ މާރުކޭޓެއް ހިލޭ ސާބަހަށް ހަދައި ދޭނެ މީހުން އެބަ ތިބިކަމަށް އެޗްޑީސީގައި ބުނުމުންވެސް އޮތީ އިޖާބަ ނުދީފައެވެ. 

ނަމަވެސް 2018 ވަނަ އަހަރު ރަމަޟާން މަސް ކައިރިވެގެން އައިއިރު، ދޯނިތައް ކައިރީ އަވީގައި ތިބެންޖެހޭ ޖެހުމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ސަލާމަތްކޮށް ދެއްވެވުން އެދި ﷲ ތަޢާލާއަށް އާދޭސް ދަންނަވައި ދުޢާކޮށް މިއަދުނޫހުގައި ލިޔުމެއް ޝާއިއުކުރިތާ 20 ވަރަކަށް ދުވަހުގެ ތެރޭގައި މާރުކޭޓެއް ވަނީ އަޅައި ހުޅުވައިފައެވެ.

 

ހަބަރާ ގުޅޭ ލިޔުން:

ޔާ ﷲ! އަޅަމެންނަށް ނަމާދުކޮށްލަން ފަސޭހަވާވަރުގެ އަލިކަމެއް ދެއްވަވާނދޭވެ!: ހުކުރު މިސްކިތަށް ތަރާވީޙަށްދާ މީހުންގެ ދުޢާ

މިއަދު އޮންލައިން